ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ދިގުލައިގެންދާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މީޓިއޮރޮލިޖިކަލް ސެންޓަރުން ވައިޓް އެލާރޓް ނެރެފިއެވެ.
ކުރިޔަށް އޮތް 5 ގަޑި އިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ވައިޓް އެލާރޓް ނެރެފައިވަނީ މިރޭ ފަތިހު 05:00 ޖެހމާ ހަމަޔަށެވެ.
އެގޮތުން ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
އަދި ދިޔަވަރު ބޮޑުވެ ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި،
ވައިޓް އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ރާއްޖޭގެ ސަރަހައްދަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައިކަމަށާ އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުމުގައި ވައިޖެހުނުނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް މެޓުން ވަނީ ބުނެފައެވެ.
ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މޫސުން ގޯސްވެ، ބައެއް އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ