ސިއްރުން ހެކިބަސް ނެގޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.ސިއްރުން ހެކިބަސް ނެގުމަށް ޤާނޫނު ތަން ނުދޭ ކަމަށް ހައިކޯޓުން ނިންމާފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށް ނެރުނު އަމުރުގައެވެ. އަބްދުﷲ ސައީދުގެ މައްޗަށް އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރީ ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ އެވެ. އެ މައްސަލައިގައި ހުކުމް އިއްވާފައި ވަނީ ސިއްރު ހެކިވެރިޔަކު ދިން ހެކިބަހުގެ މައްޗަށް ރިޢާޔަތް ކުރުމަށް ފަހުއެވެ.ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސިއްރުން ހެކިބަސް ނެގުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ބުނެފައިވާ ކަމަށެވެ. އެފަދައިން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާއިރު ހެއްކާ ބެހޭ ގާނޫނުގައި އެފަދަ ވާހަކައެއް ނެތީސް ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ހައިކޯޓުން ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުސޫލު، ގާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެގަޟިއްޔާގެ އެބައި (ގާނޫނު މާނަކުރުމުގެ ބައި) ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސިއްރު ހެކިބަސް ނެގޭނެ ގޮތެއް ހޯދަން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ