ސުޕްރީމް ކޯޓަށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ފައުންޑަރުން އައްޔަންކޮށްފައި، ދެން އެކަން ކުށްވެރި ކުރުމަކީ ޖޯކެއްކަމަށް ނޮޅިވަރަން ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިގޮތަށް ވިދާޅުވިިއިރު، ދާދި ފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރި އައިޝާ ޝުޖޫން އަކީ އެމްޑީއެންގެ ފައުންޑާ މެންބަރެއް ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރެއްގެ ސްކްރީން ޝޮޓެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ފޮޓޯއާއެކު މިއަދު މޮސްޓާ ކުރި ޓްވީޓެއްގައި ވަނީ "ސުޕްރީމްކޯޓަށް އެމްޑީއެން ފައުންޑަރުން އައްޔަންކޮށްފަ، މަތީ ބާރުތައް ދީފައި، އެމްޑީޕީ މެންބަރުން މިއަދު މިކަން ކުށްވެރިކުރުމަކީ ބޮޑު ޖޯކެއް. ލާދީނީ ލީޑަރު ޖަހާހާ ބެރަކަށް ނަށާންވެއްޖެނަމަ މިގައުމު އަމާން އައްސޭރިއަކަށް ނުދާނެ، މީކީ އާދައިގެ ކަމެއްނޫން، ފޮރުވިފައިވާ ބައިވަރުކަންކަން އެބަހުރި". ކަމަށެވެ.
މޮސްޓަރ މިގޮތަށް ވިދާޅުވެފައި ވަނީ، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެމްޑީޕީ ބައެއް މެންބަރުންވެސް ނުރެހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މޮސްޓަރ ވަނީ އެމްޑީއެން އިން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ކުއްލި މައްސަލައެއް މަޖިލީއަށް ހުށަހަޅަން ނިންމައިފައިވާކަން ހާމަކޮށްފައެވެ.
އިސްލާމް ދީނާއި ދެކޮޅު ބައެއް ވާހަކަތައް ހިމެނޭ ގޮތަށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ވަރަށްބޮޑަށް ވަނީ ހޫނުވެފައެވެ. އެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާގެ މައްސަލައެއް ފުލުހަށްވެސް ވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައެވެ.
އެ ޖަމިއްޔާގެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންގެ ބައްދަލުވުމެއްވެސް މިރޭ ކުރިއަށް ގެންގޮސްފައި ވެއެވެ.
އެ ރިޕޯޓުގެ މައްސަލަ ހޫނުވި ނަމަވެސް، އެ ރިޕޯޓާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެއްޗެއް ވިދާޅުނުވާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް ދަނީ އަމާޒުވަމުންނެވެ.
ސުޕްރީމް ކޯޓަށް އެމްޑީއެން ފައުންޑަރުން އައްޔަންކޮށްފައި، އެކަން ކުށްވެރި ކުރުމަކީ ޖޯކެއް - މޮސްޓާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ