ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީގައި ރާއްޖެއަށް ލިބުނު ދެރައެއް ކަމަށް، އިނގިރޭސި ވިލާތުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުންނާ އެކު މިދިޔަ ބުދަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ފޮޓޯއަކާ އެކު ޑައުރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފޮޓޯއިން ފެންނަ އިދިކޮޅު ލީޑަރު މިހާރު ހުންނެވީ ޖަލުގައި ކަމަށެވެ. ފޮޓޯގައިވާ އިދިކޮޅު ޕާޓީގެ ލީޑަރު މިހާރު ޖަލަށް ލާފައި ހުންނެވިކަން ފާހަގަކުރައްވާ، ޑައުރިސް ވިދާޅުވީ މިއީ އަނެއްކާވެސް ދިވެހިރާއްޖޭގެ ޑިމޮކްރީއަށް އަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.
ޖޭޕީގެ ލީޑަރުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ޑައުރިސް ވަނީ ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެންބަރުންގެ އިތުރަށް، ކެންޑިޑޭޓުންނަށް ކުރިމަތިވަމުން އަންނަ ފިއްތުންތަކާއި މެދު ކަންބޮޑުވުންފާޅުކޮށް، އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް، ސަރުކާރާއި އަދި އިދިކޮޅު އިއްތިހާދާއެކު ވެސް ޑޯރިސް މީގެ ކުރިން ވަނީ ބައްދަލުވުންތަކެއް ބާއްވަވާފަ އެވެ. އަދި ސަރުކާރާއި ސިޔާސީ ޕާޓީތަކާ މެދު ބާއްވަން މަސައްކަތް ކުރާ މަޝްވަރާތަކާއި މެދު އުއްމީދު އާވެފައިވާ ކަމަށާއި، އޭގެ ސަބަބުން ސިޔާސީ ހަރަކާތް ހިންގޭނެ ޖާގަ ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަސްވެސް ޑައުރިސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ގާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގެރޭސި ސަފީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ