ރިޝްވަތުގެ ތުހުމަތު ގާސިމްގެ މައްޗައް ކުރަނީ އެއްވެސް ހެއްކެއް ނެތި - މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މައްޗަށް، ރިޝްވަތުގެ ތުހުމަތުކުރަނީ އެއްވެސް ހެއްކެއް ނެތި ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓްތަކެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ހެއްކެއް ނެތި ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކުރާއިރު، ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް ހިނގި ކަމަށްބުނާ، މީހާ އާއި ދޭތެރޭ އެޅުނީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރައްވާފައެވެ. ރައީސް މައުމޫން ވަނީ މި ސުވާލުތަކުގެ ޖަވާބު ދެއްވުމަށް، ފުލުހުންނާއި ބަންޑާރަ ނައިބުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ، މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނީ ސަރުކާރު ބަދަލުކުރަން، ހިތްވަރު ދެމުންދާކަމުގެ ތުހުމަތުގައެވެ. ފުލުހުން ވިދާޅުވީ ގާސިމް ހައްޔަރުކުރީ މި މައްސަލަތަކުގެ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެތީ ކަމަށެވެ.
ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ، ހަ ދުވަސް ޖަހާދީފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ