ރޭ ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ޖެހުމަށް ޓަކައި ދާދި ދެންމެއަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ. ގާސިމް ބަންދުކޮށްފައި ބަހައްޓާފައި ވަނީ، ފުލުހުންގެ ތަހުގީގު ޖަލު ދޫނިދޫގަ އެވެ.
ގާސިމް ކޯޓަށް ހާޒިރު ކުރާ ވަގުތާ ދިމާކޮށް ކްރިމިނަލް ކޯޓް ހުންނަ ސަރަހައްދާއި ޖުމްހޫރީ މައިދާން ހިމެނޭ ގްރީން ޒޯން ސަރަހައްދުގެ ބޮޑު ބައެއް ފުލުހުންނާއި ސިފައިން ނިކުމެ ވަނީ ދުރާލާ ބަންދުކޮށްފަ އެވެ. އެހެންވެ އެ ސަރަހައްދަށް މީހުން އެއްވެފައެއް ނުވެ އެވެ. ރޭގެ ވަގުތެއްގައި ގާސިމްގެ ގާނޫނީ ވަކީލުންނާއި ގާސިމްއާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ފުލުހުން ވަނީ ތަނަވަސްކޮށްދީފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް ރޭ ފުލުހުން ހައްޔަރު ކުރީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުޑަތަން ވެފައި ވަނިކޮށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމާއި މަޖިލީހުގެ ނައިބު ރައީސްގެ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން ގާސިމް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގަ އެވެ. މީގެ އިތުރަށް ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ގާސިމާ ގުޅިގެން ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގެ ހެކި ފޮރުވަން ގާސިމް މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެހެން ނަމަވެސް ގާސިމް އެ ހުރިހާ ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ. ތަފްސީލް އަންނަނީ..
މުއްދަތު ޖަހަން ގާސިމް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ