މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކެނެޑާގެ ޝަރުއީ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގައި ވޯކްޝޮޕެއް ފަށައިފި އެވެ.
ކެނެޑާގެ ޝަރުއީ ދާއިރާގެ ތަޖުރިބާކާރުންގެ ފަސް ބޭފުޅަކު "ޖުޑީޝަލް އިންޑިޕެންޑެންސް އެކައުންޓެބިލިޓީ އެންޑް ޕްރޮފެޝަނަލިޒަމް" ގެ ނަމުގައި ބާއްވާ މި ވޯކްޝޮޕް ކުރިއަށްދާނީ ބުރާސްފަތި ދުވަހު އެވެ.
އެއް ދުވަހުގެ މި ވޯކްޝޮޕްގައި މައުލޫމާތު ދެނީ އަދުލު އިންސާފުގެ ދާއިރާގެ އިދާރީ ކަންކަން ހިނގާ ގޮތާ ބެހޭ ގޮތުންނާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ޒިންމާދާރުކުރުވުމާ ބެހޭ ގޮތުންނެވެ.
އެ ވޯކްޝޮޕްގައި ދިވެހިރާއްޖޭގެ ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކާއި ބައެއް މެޖިސްޓްރޭޓު ކޯޓުތަކުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ބައެއް ގާނޫނީ ވަކީލުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ކެނެޑާގެ ޝަރުއީ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގައި ވޯކްޝޮޕެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ