ރާއްޖޭގެ ތިން މީޑިއާއެއް ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ނުވަދެވޭ
ގޮތަށް ނިންމި ސަބަބު ހޯދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެ ކޯޓުގައި އެދުމުން ވެސް ޖަވާބެއް ނުދިން ކަމަށް އެ ކައުންސިލުން ބުނެފި އެވެ. އެ ކައުންސިލުން ބުނީ އެ ސަބަބު ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ލިޔުމަކުން ހުށަހެޅުމަށް އެ ކޯޓުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.އެމްއެމްސީގެ ނައިބު ރައީސް އަލީ ޝަރީފް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ކައުންސިލުން ކޯޓަށް ފޮނުވި ސިޓީގައި އެދިފައިވާ މައުލޫމާތު ޑީޖޭއޭ މެދުވެރިކޮށް ލިޔުމަކުން ހުށަހަޅަން ކްރިމިނަލް ކޯޓުން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ."ކްރިމިނަލް ކޯޓުން އެންގި ގޮތަށް ސިޓީ ފޮނުވާނަން. ސިޓީ ތައްޔާރުކޮށް ލިޔުމުގެ މަސައްކަތް މި ކުރަނީ،" މީޑިއާ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.މީޑިއާ ކައުންސިލުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި ތިން މީޑިއާއެއްގެ
ނޫސްވެރިން ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ނުވަދެވޭ ގޮތަށް ނިންމި ސަބަބު ތަފުސީލް ކޮށްދިނުމަށް ވަނީ އެދިފަ އެވެ. އަދި އެފަދަ ފިޔަވަޅެއް
އެޅުމުގައި ގެންގުޅޭ އުސޫލުތައް އޮޅުންފިލުވުމަށް ކޯޓުގެ މީޑިއާ
އޮފިސަރާ ބައްދަލުކޮށް، މަޝްވަރާ ކުރުމުގެ ފުރުސަތަކަށް ވެސް ކައުންސިލުން
އެދުނެވެ.ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތުގެ އަޑުއެހުންތަކަށް ނުވައްދަން ނިންމި ތިން މީޑިއާއަކީ "ހަވީރު"، "ވީނިއުސް" އަދި "އަވަސް" ގެ ނޫސްވެރިންނެވެ. އެ ތިން މީޑިއާ ނުވައްދަން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. އަދި ރާއްޖެ ޓީވީގެ ނޫސްވެރިން ވެސް އެ ކޯޓުގައި ބާއްވާ ޝަރީއަތްތަކަށް ނުވައްދަން މިއަދު ވަނީ ނިންމައިފަ އެވެ.ޝަރީފް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން ނިންމިކަން އެ ޓީވީ ސްޓޭޝަނުން ކައުންސިލަށް އަންގާފައެއް ނުވެ އެވެ. ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި ހުށަހެޅިޔަސް އެ އިދާރާތަކަށް ވެސް މާ ބޮޑު ކަމެއް ނުކުރެވޭނެ ކަމަށެވެ.ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ތިން މީޑިއާއެއްގެ ނޫސްވެރިން ނުވައްދަން ނިންމިއިރު ގާޒީ އަބްދުލްބާރީ ޔޫސުފް ޖަސްޓިސް ބިލްޑިން
ކައިރީގައި ހުންނަވަނިކޮށް އެ މީޑިއާތަކުން އޭނާގެ ފޮޓޯ ނެގުމުން
ކޯޓު މުވައްޒަފުން ވަނީ އެ ފޮޓޯތައް ޑިލީޓް ކުރުވައިފަ އެވެ. މީގެ ކުރިން ވެސް ބައެއް މީޑިއާތައް ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ވެއްދުން ވަނީ މެދުކަނޑާލައިފަ އެވެ.
ޝަރީއަތްތަކަށް ނޫސްވެރިން ނުވައްދާ މައްސަލާގައި ކޯޓުން ޖަވާބެއް ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ