2018: 32 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަތް

ވޭތުވެ ދިޔަ 2018 ވަނަ އަހަރު މޯލްޑިވްސް ކަސްޓަމްސް ސާވިސުން 32 ކިލޯގެ އެކިބާވަތުގެ މަސްތުވާތަކެތި އަތުލާގަނެފައިވާ ކަމަސް ތަފާތް ހިސާބުން ދައްކައިފިއެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 32 ކިލޯ މަސްތުވާތަކެތި އަތުލައިގަތީ ތަފާތު 83 މައްސަލައެއްގައި ކަމަށެވެ. އޭގެ ތެރެއިން 11 މައްސަލައަކީ ވައިގެ މަގުން އެތެރެކުރި މަސްތުވާތެކެތި ކަމަށާއި، 68 މައްސަލައަކީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ތަކެތި ކަމަށާއި، އެއާ ކާގޯ މަގުން 3 މައްސަލައެއް އަދި ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްވެސް ހިމެނޭ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ނޫސް ބަޔާނުގައި ބަޔާން ކޮއްފައިވާގޮތުން އެންމެ ގިނަ އަދަދަކައް މިދިޔަ އަހަރު އަތުލައިގަނެވިފައިވާ ބާވަތަކީ ކެނެބިސް އެވެ . އެއީ 17165.78 ގުރާމުގެ ކެނެބިސްއެވެ. ދެވަނައަށް އެންމެ ގިނައިން އަތުލައިގަނެވިފައިވާ ބާވަތަކީ ހެރޯއިން އެވެ. މީގެ އިތުރުން ކޮކެއިން، އެންޕީއެސް، އަދި އެމްޑީއެމްއޭގެ ބާވަތްތަށްވެސް ވަނީ އަތުލާގަނެވިފައެވެ.
2017 ވަނަ އަހަރު މަސްތުވާތަކެތީގެ 25 މައްސަލަައެއްގައި 24 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. 2018 ވަނަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު ވަނީ 2017 ވަނަ އަހަރާއި އަޅާ ބަލާާއިރު ނިސްބަތުން 33 ޕަސެންޓް އިތުރުކަމަށްވެސް ކަސްޓަމުގެ ތަފާތު ހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ