ޕެންޝަން ފަންޑުގައި ހުރި ފައިސާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންކުރެވޭނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިކަންކުރާނެގޮތުގެ އުސޫލު އެކަށައަޅައި ނިމުމުން މިކަމުގެ ތަފްސީލު ވީހާވެސް އަވަހަށް ހާމަކުރާނެކަމަށެވެ.
''ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ އުސޫލު ކަނޑައަޅާނީ ކިހިނެއްތޯ ބަލަމުން މިދަނީ، އެއީ ފަރުޟު ޙައްޖުވުމަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދޭނީތޯ، ކޮންމެ ބޭފުޅަކަށްވެސް ހުޅުވާލާނީތޯ، ނޫނީ މިފައިސާ ބޭނުންކުރާނީ ދެމަފިރިންތޯ'' އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
2017 ވަނަ އަހަރުން ފެށިގެން 2000 ޙައްޖު ކޯޓާ ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކުރެއެވެ. އެގޮތުން މިއަހަރުވެސް ހާހަކަށްވުރެ ގިނަ ދިވެހިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.
ފަރުޟު ޙައްޖުވުމަށް ޕެންޝަން ފަންޑުގައިހުރި ފައިސާ ބޭނުން ކުރެވޭގޮތް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ފުރަތަމަ 100 ދުވަހު މިކަން ކުރައްވާނެކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންފައިވާ އިރު، ޕެންޝަން ފަންޑުގެ ފައިސާ މިފަދައިން ބޭނުންކުރެވޭނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާ މިވަގުތު ބޭނުންކުރެވެނީ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކަށް ކޮލެޓަރަލައިޒްކުރެވޭނެ ސްކީމެއްގައި އެކަންޏެވެ. އެކަން އެގޮތަސް ހަމަޖެއްސީ ޕެންޝަނާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކާ ގުޅިގެންނެވެ.
ޙައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ