ޖޭޕީގެ ލީޑަރަކަށް ގާސިމް އިންތިހާބުކުރުން މާދަމާ

ޖުމްހޫރީ ޕާޓީގެ ލިޑަރުކަމުގެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހީމް އެކަނިކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި، ދައުލަތުން ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެގެން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލުހުކުމެއް ގާސިމަށް ކުރުމުން އޭނާގެ މަގާމު ވަނީ ގެއްލިފައެވެ. ގާސިމް އިބްރާހިމް އަކީ ޕާޓީގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ނ) ދަށުން އެ މަގާމަށް ޝަރުތު ފުރިހަމަވާ ބޭފުޅެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައި އެވެ. މިދިޔަ ހަފްތާގައި ގާސިމްގެ ޖަލުހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. އަދި އެ ދުވަހު ޖޭޕީން ވަނީ އެ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. މި މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވިއިރު ކުރިމަތި ލައްވައިފައިވަނީ ހަމައެކަނި ގާސިމް އިބްރާހީމެވެ. ޕާޓީގެ ލީޑަރަކު ހޮވުމަށް ބާއްވާ ކައުންސިލް ބައްދަލުވުން މާދަމާ ހަވީރު 4 ޖަހާއިރު އެ ޕާޓީގެ މައި އޮފީހުގައި އޮންނާނެކަމަށް ޖޭޕީން ބުނެއެވެ. މީގެ އިތުރުން އެ ޕާޓީގެ 124 ވަނަ ކައުންސިލް ބައްދަލުވުން ވެސް މާދަމާ އޮންނާނެކަމަށް ޖޭޕީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ