މެމްބަރުކަމަށް އަޅުގަނޑު ގެނެވުމުން މަކުނުދޫ ދާއިރާގެ ރައްޔިތުން ފަޚްރުވެރިވޭ: ރާއީ

މަކުނުދޫ ދާޢިރާގެ މެމްބަރު ކަމަށް އޭނާ ގެނެވުމުން ދާއިރާގެ ރައްޔިތުން ފަހުރުވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެޖެއެވެ.
ވީޓީވީގެ "ގޮނޑިކޮޅު" ގެ މި ހަފްތާގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، ނިމިދިޔަށް ފަސް އަހަރުގެތެރޭގައި މަކުނުދޫ ދާއިރާއަށް ނުވެހުރި ގިނަ ކަންތަށް މި ދެއަހަރު ތޭރޭގައި ވާނީ ކޮށްދީފައި ކަމަށެވެ.
ރާއީ ވިދާޅުވީ ކުރީގެ ފަސް އަހަރު ނިމިގެން ދިޔަށްއިރުވެސް އެއްވެސް ކަމެށް ފަށާފައި އަދި ނިމިފައިވެސް ނެތް ކަމަށެއެވެ.
ނަމަވެސް އެ ފަސް އަހަރުގެ ދައުރުގައި ނުވި ގިނަ ކަންކަން މި ދެއަހަރު ތެރޭގައި ކޮށްފައިވާ ކަމަށާއި، މީގެތެރޭއިން ފެނާއި ނަރުދާމާގެ މައްސަކަތް، ދައިރާގެ ތިން ރަށުގައި ކުރިއަށްދާއިރު އޭގެތެރެއިން އެއްރަށުގައި މިހާރު ވަނީ މަސައްކަތް ނިމުމަކަށް އައިސްފައި ކަމަށް ރާއީ ވިދާޅުވިއެވެ.
ފާއިތުވެދިޔަ 5 އަހަރުގެ ދައުރުގައި މަކުނުދޫ ދާއިރާއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަން ފާހަގަކޮށް ރާއީ ވިދާޅުވީ އެ ދާއިރާގައި އޮންނަނީ އެންމެ 3 ރަށް ކަމަށެވެ.
އެހެން ނަމަވެސް އެމަނިކުފާނު އެދާއިރާއަށް އިންތިޚާބު ކުރެވުމަށްފަހު ފާއިތުވެދިޔަ ދެއަހަރު ކޮށްފައިވާ ކަންތައް ފެންނަން އެބަހުރި ކަމަށް ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ، ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ މެނިފެސްޓޯ ގަބޫލުކޮށް އެ މެނިފެސްޓޯއަކީ ހަރުދަނާ ރަނގަޅު މެނިފެސްޓޯއެއްގެ ގޮތުގައި ގަބޫލުކުރެވުން ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރު އެކުލެވިފައިއޮތީ ކޯލިޝަނެއްގެ ތެރެއިން ކަމުގައިވާތީ ތަފާތު ފިކުރާޢި ތަފާތު ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ސަރުކާރުގެ އެކިއެކި ވުޒާރާތަކުގައި ވެރިންގެ ފެންވަރުގައި އެބަތިއްބެވި ކަމަށާއި އެހެންވެ، ސީދާ އެމްޑީޕީގެ މެނިފެސްޓޯއަށް އަމަލު ކުރެވެމުން ނުދާކަމަށް ރާއީ ވިދާޅުވިއެވެ.
ރާއީ ވަނީ، ސަރުކާރުގެ ތެރެއިންނާއި މަޖިލީސް ތެރެއިންވެސް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރުމަށާއި، ކޯލިޝަންގައި ހިމެނޭ ވަޒީރުންނާއި މެމްބަރުންވެސް އެ މެނިފެސްޓޯ ތަންފީޒުކުރުމަށް ބާރު އަޅން ގޮވާލައްވާފައެވެ.
ރާއީ ވިދާޅުވީ އެމްޑީޕީ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ނުކުރެވޭ ކަމަށާއި އެކަންކަން ކުރުމުގައި ދަތި އުނދަގޫތައް ހުރި ކަމަށެވެ. ހަމައެކަނި އެމްޑީޕީގެ ވެރިކަމެއް އޮތްނަމަ އެމެނިފެސްޓޯގެ ފޮނިމީރުކަން މިއަށްވުރެ މާ ފުރިހަމައަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
2021 ވަނަ އަހަރުގެ މަޖިލީހުގައި ހުންނަވައިގެން ދާއިރާގެ ފެނާއި ނަރުދަމާއާއި ފުޓުބޯޅަ ދަނޑާއި އޭޓީއެމް މެޝިންގެ ވާހަކަތައް ދައްކަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ނިމިފައި ހުންނަން ޖެހޭނެ ކަންތައް ކަމަށް ރާއީ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި، އެއަށްވުރެ މުހިންމު އެހެން ވަސީލަތްތައް ގާއިމު ކުރުމުގެ ވާހަކަތައް ދެއްކުން މާ މުހިންމު ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މީގެކުރިން ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށްވެސް މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ