ހުޅުމާލޭގައި އެލްކޭޖީ އަދި ޔޫކޭޖީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ހުޅުވައިފިއެވެ.
މުހައްމަދު ގާސިމް ޕްރީސްކޫލްގެ ނަމުގައި ހުޅުވާފައިވާ މި ސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ ސްކޫލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސްކޫލުގައި 10 ކްލާސްރޫމް، ހޯލް، ސްޓާފްރޫމް، މީޓިންގ ރޫމް، އޮފީސް، މިއުޒިކް ރޫމް، ކޮމްޕިއުޓަރ ރޫމް އަދި ޕްރިންސިޕަލް ރޫމެއް ހުރެއެވެ.
މި ސްކޫލް ހުޅުވާފައިވަނީ 22 ދަރިވަރުންނާއި 6 މުދައްރިސުންނާއި 2 އެޑްމިނިސްޓްރޭޓިވް ސްޓާފުން އަދި 4 ސަޕޯޓް ސްޓާފުންނާއި އެކުގައެވެ.
މިއީ 750 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މުޙައްމަދު ޤާސިމް ޕްރީސްކޫލުގެ އެލްކޭޖީ، ޔޫކޭޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް https://myoffice.moe.gov.mv/forms/id/2 މި ލިންކު މެދުވެރިކޮށް ފޯމު ހުށައެޅޭނެއެވެ.
އަދި މި ސްކޫލަށް ވަންނަ ދަރިވަރުންނަށް މިހާރުގެ މިހާތަނަށް އެ ދަރިވަރަކު ކިޔަވަމުންދިޔަ ސްކޫލެއްގެ ޔުނިފޯމާއި އެކު ސްކޫލަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ