ސިއްހީ ދާއިރާގެ 1796 މުވައްޒަފެއްގެ މުސާރައަށް އުނި އިތުރު ވެފައިވާތީ ފައިސާ އަނބުރާ ހޯދަނީ

ސިއްހީ ސާއިރާގެ ބައެއް މުވައްޒަފުންނަށް ނިމިދިޔަ އޮގަސްޓު މަހުގެ މުސާރަ ޖަމާކުރި އިރު އުނި އިތުރުވެފައި ވާތީ، ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 1796 މުވައްޒަފެއްގެ މުސާރަ ޖަމާކުރި އިރު، އުނި އިތުރު ވެފައި ވާ މައްސަލަ ރޭ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. އަދި އެގޮތަށް އުނި އިތުރު ވެފައި ވަނީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސްވެފައި ވުމުގެ ސަބަބުން ކަމަށް ބުންޏެވެ.
އަދިބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދަތުތައް ޖަމާވެފައި ހުރި އިތު އަނެއްބައި މުވައްޒަފުންނަށް ޖަމާވެފައި ހުރީ ލިބެންވާވަރަށްވުރެ މަދުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުންވެސް ލިސްޓުގައި ހިމެނޭ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ އެކަން ހައްލުކުރުމަށް މުސާރަ އުނިވެފައިވާ މުވައްޒަފުންނަށް އެ ފައިސާ ދިނުމާއި، އިތުރުވެފައިވާ މުވައްޒަފުންގެ ފަރާތުން ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ބުންޏެވެ. އަދި އެ މަސައްކަތް ކުރުމަށް އެއްވެސް މުވައްޒަފެއްގެ އެކައުންޓު ފްރީޒް ކުރުމަށް މިނިސްޓްރީން އަންގާފައި ނުވާނެ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ