ފިސްތޯލަ މައްސަލައިގައި އަދީބަށް އިއްވި 10 އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި
މޭޑޭގައި ފިސްތޯލައެއް ގެންގުޅު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އިއްވި 10 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ. އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ 5 ޖޫން 2016ގަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމް އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާފައެވެ. އެއަށް ފަހު ހައިކޯޓުން ކުރި ހުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއަދު އޮތީ ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުގެ ފަރާތުން ވަނީ އަދީބަށް ހުކުމްކޮށްފައި ވަނީ ގޯސްކޮށް ކަމަށް އެއްބަސްވެފައެވެ. އަދި ގޯސްކޮށް ކުރާ ހުކުމެއް ޖެހޭނީ ބާތިލު ކުރަން ކަމަށް އަޑުއެހުމުގައި ވަނީ ބުނެފައެވެ. އެ އަޑުއެހުމުގައި ވާހަކަ ދައްކަމުން އަދީބު ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާ ކުރީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކަމަށެވެ. އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ