އެމްޑީޕީ އަށް މަޖިލިސް މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރު ކަމެއް ނޫން: ގާސިމް
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މަޖޯރިޓީ ދިނުމަކީ "ހެޔޮވާވަރު ކަމެއް ނޫން" ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ތިން ވަނަ ދައުރަކަށް ވާދަކުރައްވާ ގާސިމް މިރޭ ވަނީ އެ ރަށުގައި އޭނާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފަ އެވެ. ކެމްޕެއިން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބޭކަށް ނުޖެހޭ ކަމަށާއި އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ "ހެޔޮވާވަރު ކަމެއް ނޫން" ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ކޯލިޝަނަކުން ކަމަށާއި ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ މައްސަލައެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. "ކޯލިޝަނަށް [ރައްޔިތުންގެ މަޖިލީހުގެ] މެޖޯރިޓީ ލިބުމަކީ މައްސަލައެއް ނޫން. އެކަމަކު ހަމަ އެކަނި އެމްޑީޕީއަށް މެޖޯރިޓީ ލިބިގެން ދިޔުމަކީ، ހެޔޮވާވަރު ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ. "ރާއްޖޭގެ ލޮބުވެތި ރައްޔިތުނޭ ވިސްނާށޭ. އެމްޑީޕީ އަށް އެކަނި މެޖޯރިޓީ ލިބުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫން،" ތަފްސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ