ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ގަސްތައް ބަލަހައްޓައި ދޭނެ މީހަކު ހޯދަން އެ ކޯޓުން މިއަދު އިއުލާނުކޮށްފި އެވެ.
އެ ކޯޓުން ބަގީޗާ ގަސްތައް ބަލަހައްޓައި ދޭނެ މީހަކު ހޯދަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެ ކޯޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތަކުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ 11:30 އަށް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރަން ޖެހޭނެ ކަމަށެވެ.
އަދި އަންނަ މަހުގެ ހަތެއްވާ އާދީއްތަ ދުވަހުގެ 11:30 އަށް އެ ކޯޓަށް ގޮސް އަންދާސީހިސާބު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.
ސުޕްރީމް ކޯޓު ހިންގަމުން އަންނަނީ ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގަ އެވެ.
ސުޕްރީމް ކޯޓުގެ ބަގީޗާ ބަލަހައްޓައި ދޭނެ މީހަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ