ކައުންސިލަރަކު އިސްތިއުފާ ދެއްވުމުން ހެނބަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވެއްޖެ

ނ. ހެބަދޫ ކައުންސިލްގެ ނައިބު ރައީސް އެ ކައުންސިލްގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ. ހެބަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިޔާހު "ސަން" އަށް ވިދާޅުވީ ަމުހައްމަދު ހަލީލް އެ މަގާމުން އިސްތިއުފާދެއްވި ސިޓީ މިއަދު ކައުންސިލްގެ އިދާރާ އަށް ފޮނުއްވާފައިވާ ކަމަށެވެ. ކައުންސިލްގެ މެމްބަރު ކަމުން އިސްތިޢުފާ ދެއްވި ސަބަބެއް ކަމަށް އެ ސިޓީގައި ވަނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން މި ވަގުތު މަގާމުގެ މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އަދާ ނުކުރެވެތީ މަގާމުން އިސްތިއުފާދެެއްވީ ކަމަށެވެ. ހެނބަދޫ ކައުންސިލްގެ ނައިބު ރައީސްއާއެކު އެ ކައުންސިލްގައި ތިއްބަވަނީ އެމްޑީއޭ އަށްނިސްބަތްވާ ފަސް ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ