ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލި ރަށް ނޫން އެހެން ރަށެއްގައި ދެވަނަ ބުރުގައި ވޯޓުލާ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ ދެވަނަ ބުރުގައި ރަޖިސްޓްރީކުރަން ޖެހެނީ ފުރަތަމަ ބުރުގައި ވޯޓުލި ރަށުގައި ނޫން ރަށެއް ވޯޓުލާ ފަރާތްތަކަށް ކަމަށެވެ.
"ކުރިން ވޯޓުލި ރަށުގައި މި ފަހަރު ވެސް ވޯޓުލާ ކަމަށްވަންޏާ ރަޖިސްޓްރީކުރާކަށް ނުޖެހޭނެ. ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައި،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ ކުރީ ފަހަރު ރަޖިސްޓްރީކުރި މީހުންނާއި އަދި ވޯޓުލި މީހުންގެ ރަޖިސްޓްރީ އަޕްޑޭޓްކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
"ކުރީ ފަހަރު ދިމާވި ފަދަ މައްސަލައެއް މިފަހަރު ދިމާނުވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަމުން މި ގެންދަނީ. އެ ގޮތުން ރަޖިސްޓްރީކުރި މީހުންގެ ލިސްޓް މާދަމާ ގެޒެޓްގައި ޝާއިއުކުރެވޭތޯ މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު މި ފަހަރު ނުދެވޭނެ ކަމަށެވެ.
"ރަޖިސްޓްކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް މިހާރު ދެވިއްޖެ. އެހެންކަމުން ރަޖިސްޓްރީނުކުރާ ފަރާތްތަކަށް މި ފަހަރު އެއްވެސް ފުރުސަތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ފުރަތަމަ ބުރުގައި ވޯޓުލި ރަށް ނޫން ރަށެއް ވޯޓުލާ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ