ސްޕްރީމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާކަމުގެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު ލަތީފް އެ ކޯޓާ ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.
މިމައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތުކުރައްވަނީ ހަސަން ފަރީދު އެވެ.
މައްސަލަ ހުށަހެޅުއްވުމަށް ފަހު ފަރީދު ނޫސްވެރިންނަށް ވިދާޅުވީ މިމައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމުގައި ފާތުމަތު ހުންނަވަނިކޮށް ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމެއް އުފެއްދެވުމުން ފާތުމަތު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާ ކަމަށް ބުނެ ސިޓީ ފޮނުވުމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ ކަމަށެވެ.
އެއީ ގާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި ގާނޫނީ ގޮތުން ފާހަގަކުރަންޖެހޭ ނުކުތާތަކެއް ފާހަގަކޮށް ސިޓީ ފޮނުވުމުން އެގޮތަކަށް ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން މިމައްސަލަ ބެލުން ނުހުއްޓުވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރީދު އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން ފާތުމަތު ވަޒީފާއިން ވަކިކޮށްފައިވަނީ ހުކުމަކުން ނޫން ކަމަށާއި ސުޕްރީމް ކޯޓުންވެސް ގާނޫނާ ޚިލާފަށް ކަމެއް ކޮށްފި ނަމަ އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ އެސިސްޓެންޓް ރެޖިސްޓްރާ އެ ކޯޓާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ