ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ދަފްތަރެއް މިއަހަރު އެކުލަވާލައްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
2015ވަނަ އަހަރު މޭޑޭއާއި ގުޅިގެން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއްވުން ލީޑުކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، މަސައްކަތްތެރިންގެ ދަފުތަރެއް މިއަހަރުގެ ތެރޭގައި އެކުލަލާލައްވާނެކަމަށެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތައް ގެންނާނީ އެންމެން އެކީގައި، ގުޅިގެން ކުރާ މަސައްކަތުންކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ