އެމްޑީޕީން މިއަދު ބާއްވަން މަސައްކަތް ކުރި ހިނގާލުން ފެށުމުގެ ކުރިން އެސަރަހައްދުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ބަންދުން ދޫކޮށްލައިފިއެވެ.
އަމީތު ބަންދުން ދޫކޮށްލާފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ބަންދުން ދޫކޮށްލުމާއި އެކު އޭނާ ވަނީ، ބަންދުން ދޫކޮށްލަމުން ފުލުހުން ދީފައިވާ މައުލޫމާތު ފޯމުގެ ފޮޓޯއަކާއި އެކު އޭނާ ދޫކޮށްލިކަން ޓުވިޓާގައި ހާމަކުރައްވާފައެވެ.
އަމީތު ހައްޔަރު ކުރީ މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށާއި ސިޔާސީ ކުއްވެރިން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން މިއަދު މާލޭގައި ބޭއްވި ހިނގާލުން ފެށުމުގެ ކުރިން އެމްޑީޕީގެ އޮފީސް ކައިރިންނެވެ. އަމީތު ހައްޔަރު ކުރުމުގައި ގިނައަދަދެއްގެ އެސްއޯފުލުހުން ހަރަކާތްތެރިވި އިރު އެމީހުންގެ އަމަލުތައް ފެނުނީ ވަރަށް އަނިޔާވެރި ކަމާއި ރުޅިވެރިކަމާއި އެކުގައެވެ.
ހިނގާލުމުގެ ބައިވެރިން އެމްޑީޕީގެ އޮފީސް ކުރިމައްޗަށް އެއްވުމާއެކު އެސްއޯ ފުލުހުން ވަނީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ކައިރިއަށް ގޮސް ހިނގާލުމުގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް އެ ސަރަހައްދު ބަންދުކޮށްފަ އެވެ. އެހިނގާލުމަށް ފުލުހުން ހުރަސް އެޅިއިރު، މީގެ ކުރިންވެސް އިދިކޮޅު ޕާޓީތަކާއި އެމްޑީޕީން ބޭއްވުމަށް މަސައްކަތް ކުރި މިފަދަ ހިނގާލުންތަކަށް ފުލުހުން ވަނީ ތަކުރާރުކޮށް ހުރަސް އަޅައި ހުއްޓުވާފަ އެވެ.
މެމްބަރު އަމީތު ބަންދުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ