ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ޕީޕީއެމް އޮފީހުގައި ބާއްވަން އުޅޭ ބައްދަލުވުން ނުބޭއްވޭނެކަން ފުލުހުން އަންގާފައިވާ ކަމަށް އެ ފެކްޝަނުން ބުނެފިއެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޕީޕީއެމް އޮފީހުގައި ބުދަ ދުވަހުގެ ރޭ ޕާޓީގެ ރައީސް އާންމު މެންބަރުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން ބުދަ ދަުވަހު ހަވީރު އަންގާފައިވާ ކަމަށެވެ.
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ޕާޓީގެ ރައީސް އަށް އެންގުމަށް ފުލުހުން ޕީޕީއެމް އޮފީހަށް ދިޔައިރު މައުމޫން އޮފީހުގައި އެވަގުތު ނެތުމުން ފުލުހުން އެ މެސެޖް ޕާސްކޮށް ދިނުމަށް އެދިފައިވާ ކަމަށް އަލީމް ވިދާޅުވިއެވެ.
އެ މެސެޖް ވަނީ ރައީސް މައުމޫނަށް ޕާސްކޮށްދީފައި ކަމަށާއި އަދި ވަކި އެއްޗެއް މައުމޫން ވިދާޅުވެފައި ނުވާ ކަމަށް އަލީމް ވިދާޅުވިއެވެ.
އަލީމް ވިދާޅުވީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ފަރާތުން ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މާލެ އާއި އަތޮޅު ތެރޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ މެންބަރުން ރައީސް މައުމޫނާއި ބައްދަލުކުރުމަށް އެދޭތީ ކަމަށެވެ.އެގޮތުން މިރޭގެ ބައްދަލުވުމަކީ ސިލްސިލާ ބައްދަލު ވުމުގެ ތެރެއިން ބާއްވަން އުޅޭ ފުރަތަމަ ބައްދަލުވުމެވެ.
ބައްދަލުވުން ނުބޭއްވޭނެކަން ފުލުހުން އެންގި ކަމަށް ބުނާ މައްސަލައިގަ ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
މިރޭ ބާއްވަން އުޅޭ ބައްދަލުވުން ނުބޭއްވޭނެކަން ފުލުހުން ވަނީ އަންގާފައި: ރައީސް މައުމޫނު ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ