ހާބަރ ފުޑް ކޯޓުން ޔުނިޓްތަކެއް ކުއްޔަށް ދެނީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފަރާތުން މާލޭގެ ހާބަރ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ފުޑްކޯޓް ނުވަތަ ރާވެރިބޭ ކޮއްތުވެނިން ޔުނިޓްތަކެއް ކުއްޔަށްދޭން ނިންމައިފިއެވެ.
އެގޮތުން ފުޑްކޯޓްގެ 13 ޔުނިޓެއްވަނީ ބީލަމަށް ލައި، އެތަންތަނަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ޔުނިޓްތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ވަނީ މިމަހުގެ 7ވަނަ ދުވަހާއި 10ވަނަ ދުވަހުގެ މެންދުރުފަހު 2އިން ފެށިގެން ތިނެއް ޖަހަންދެން އެތަންތަން ބަލާލުމުގެ ފުރުސަތު ދޭން ނިންމާފައެވެ. 
މިތަންތަނަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފަހު މުއްދަތަކީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު ދޭއްޖަހާއިރެވެ. މި ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯސަލް ހުށައެޅި އެހެން ފަރާތްތަކުގެ ހާޒިރުގައެވެ.
ފޮޓޯ: އަވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ