ނުކުޅެދިފައިވާ ވެރިކަމަކަށް ދިވެހިން އިތުރު ޖާގައެއް ނުދޭނެ: މެމްބަރު ހުސެއިން

ނުކުޅެދިފައިވާ ވެރިކަމަކަށް ދިވެހިން އިތުރު ޖާގައެއް ނުދޭނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ސެމްބެ ވިދާޅުވީ، ބޮޑެތި ޤާނުނުތައް ހަދާ ބާރުތައް މުށުތެރެއަށް ޖަމާކުރަނީ ހުދުމުހުތާރު ވެރިކަމެއް ކުރަން ކަމަށެވެ. އަދި އެހުރިހާ ސިފައެއް މިސަރުކާރުން ދަނީ ފެންނަމުން ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.މީގެ އިތުރުން ސެމްބެ ވިދާޅުވީ ނުކުޅެދިފައިވާ ވެރިކަމަކަށް ދިވެހިން އިތުރު ޖާގައެއް ނުދޭނެ ކަމަށެވެ.މެންބަރު ޙުސައިން މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން މިހާރު މަޖިލިހަށް ހުށަހަޅާފައިވާ ޓެކުސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ އިސްލާހެއް ކަމުގައި އިދިކޮޅު ބައެއް މެންބަރުންވަނީ ތުހުމަތުކުރައްވާފައެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މޯލްޑިވްސް އިންރެވެނިއު އޮތޯރިޓީ (މީރާ)ގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަށް ވަރަށް ބޮަޑް ފުރުޞަތު ހުޅުވިގެންދާނެ ކަމުގައިވެސް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ. ހަމައެހެންމެ މި ޤާނޫނުގެ ސަބަބުން މީރާއާއި ސަރުކާރު ދެކެ އިތުރަށް ބިރު ގަނެ ވިޔަފާރިތައް ފިިތިގެންދާނެ ކަމުގައިވެސް އެ ބޭފުޅުން ވިދާޅުވިއެވެ. ސަރުކާރުން ގިނަ ޤާނޫނުތަކެއް ހަދައި ރެގިއުލޭޓުކުރާ މިންވަރު އިތުރުކުރަމުންދާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ