މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ހުށަހަޅާފައިވަނީ 57 ފޯމު: ކޮމިޓީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މިއަހަރު ހުށަހަޅާފައިވަނީ 57 ފޯމު ކަމަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ހާއްސަ އިނާމާ ބެހޭ ކޮމިޓީން މިހާރު ކުރިޔަށް ގެންދަނީ އިނާމަށް ހުށަހެޅި ފަރާތްތަކުގެ ޝަރުތުތައް ހަމަވޭތޯ ބެލުމުގެ އިތުރުން ފޯމުތައް ދިރާސާ ކުރުމުގެ މަސައްކަތް ތަކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިއަހަރު ދިނުމަށް ހަމަޖައްސާފައިވަނީ ހަތަރު ގިންތިއަކުންނެވެ. މި އިނާމަށް 57 ފޯމު ހުށަހަޅާފައިވަނީ ހަތަރު ގިންތީގެ ތެރެއިން ތިން ގިންތި އަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި އިނާމަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހިތްވަރު ދީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަގުސަދުގައި ދެވޭ އިނާމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ