އައްޑޫ ސިޓީގެ އެމްޑީޕީ ހިތަދޫ ދެކުނު ދާއިރާގެ އޮފީހުގައި ރޯކޮށްލި މައްސަލަ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރި ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫގައި ރޭ ހިނގައި ދިޔަ އަލިފާނުގެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުންތަކަށް ރާއްޖޭގައި ދުވަހަކު ވެސް ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
ރޭ 11:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯކޮށްލާފައިވަނީ އެމްޑީޕީ އޮފީހުގައެވެ. އޭގެފަހުން އެމްޑީޕީ އޮފީހާއި ޖެހިގެން ހުރި ފިހާރައަށް އަލިފާން ގަނޑު ފެތުރި އެ ފިހާރައިގައި ވެސް ރޯވިއެވެ.
މިހާދިސާގައި އެމްޑީޕީ އޮފީހުގައި ހުރި ތަކެތި އަނދާ ހުލިވެފައިވާއިރު އެ އޮފީހަށް 6 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށްވެއެވެ. އެ އޮފީހާއި ޖެހިގެން ހުރި “ކައްޓި ހިތްވަރު” ކިޔާ ފިހާރައިގައި ރޯވުމުގެ ސަބަބުން އެ ފިހާރައިގެ ބައެއް ސާމާނުތައް ވަނީ އަނދައިގެން ގޮސްފައެވެ.
އެމްޑީޕީ ހިތަދޫ ދެކުނު އޮފީހުގައި ރޯކޮށްލާފައި ވަނީ ފޭދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާ ނިމުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައިއެވެ.
އެމްޑީޕީގެ އޮފީހުގައި ރޯކޮށްލި މައްސަލަ މައުމޫން ކުށްވެރި ކުރައްވައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ