ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ. އެނގިފައިވާ ގޮތުގައި އަލިބެ ސޮއި ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި އަންނަ ހަފްތާގެ ތެރޭގައި އަލިބެ އެމްޑީޕީއާއި ގުޅުނުކަން އިއުލާނު ކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.
މިހަބަރާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބުރާހީމު މުހައްމަދު ސޯލިހު ވިދާޅުވީ މިވަގުތު ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އިބޫ ކޮމެންޓު ނުކުރެއްވި ނަމަވެސް އެމްޑީޕީއަށް އިތުރު މެމްބަރަކު ގުޅުނު ކަމަށް އެމްޑީޕީ ޕީޖީގައި ހިމެނޭ ބައެއް މެމްބަރުންވަނީ ސޯޝަލް މީޑީއާގައި ހާމަ ކުރައްވާފައެވެ. MDP ah ithuru member runthakeh soikurahvaifi, INSHAA, ALLAH' AAMEEN— Ahmed Rasheed (@mp_rasheed) April 22, 2013
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެމްޑީޕީންވަނީ މިދިޔަ ހަފްތާ ބަންދުގައި ބޮޑު ޖަލްސާއެއް ބާއްވައިފައެވެ.
ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ