ނ. ހެނބަދޫ އިންޖީނުގޭގެ އިންޖީނުތަކުން ތެޔޮ ހުސްވެގެން މުޅި ރަށުން ކަރަންޓް ކަނޑާލައިފި އެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހެނބަދޫ ކައުންސިލްގެ ނައިބު ރައީސް އަދި އިންޖީނުގެ ހިންގުމާ ހަވާލުވެހުންނެވި އިބުރާހިމް ޝިޔާމް ވިދާޅުވީ އެ ރަށުން ކަރަންޓް ކަނޑާލީ މިއަދު މެންދު 11:40 އެހާ ކަންހާއިރު ކަމަމަށާއި އިންޖީނުގޭގެ ދެ އިންޖީނުން ތެޔޮ ހުސްވާން ކައިރިވުމުން ރަށުން ކަރަންޓް ކަނޑާލާނެ ކަމުގެ މައުލޫމާތު ރައްޔިތުންނަށް ކުރިން ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
ހެނބަދޫ އިންޖީނުގެއަކީ ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ހިންގާ އިންޖީނުގެއެކެވެ.
ޝިޔާމް ވިދާޅުވީ އިންޖީނުތަކަށް ބޭނުންވާ ތެޔޮ ހޯދަން ފެނަކަ ކޯޕަރޭޝަނާ ވާހަކަ ދައްކަމުން އަން ކަމަށާއި، ނަމަވެސް އެފަރާތުން އެދެވޭ އިޖާބައެއް މިހާތަނަށް ދީފައި ނުވާތީ މި ރޭ ވެސް އިންޖީނު ހިންގާނެ ތެޔޮ ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.
"މި މައްސަލައަށް ހައްލެއް ހޯދަން ފެނަކަ ކޯޕަރޭޝަން އާއި ގުޅަން މަސައްކަތް ކުރެވިއްޖެ. މިހާތަނަށް އަދި އެފަރާތަކުން އެދެވޭ އިޖާބައެއް ނުދޭ، އަޅުގަނޑުމެންނަށް މި ރޭ ވެސް ކަރަންޓުގެ ހިދުމަތް ދެވޭނެ ކަމުގެ އުންމީދެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.
ހެނބަދޫ އިންޖީނު ގޭގައި މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރަނީ 50 ކިލޯގެ ދެ ޖަނަރޭޓަރެވެ. ހެނބަދުއަކީ ގާތްގަނޑަކަށް 700 އެއްހާ މީހުންގެ އާބާދީއެއް އަންނަ ރަށެކެވެ.
ރެލިގޭޝަން ކުޅެން ޖެހުމަކީ ވިކްޓަރީ ހިތާމަ ކުރާ ކަމެއްނޫން ކަމަށް އެކުލަބުން ބުނެފި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު ވިދާޅުވީ ރެލިގޭޝަން ކުޅެން ޖެހުމުން ވިކްޓަރީ ދެރަވާ ކަމަށެވެ.
"ދެރަވާ ކޮންމެ ފަހަރަކީ ހިތާމަކުރަން ފަހަރެއްނޫން. ވިކްޓަރީ ދެރަވޭ ރެލިގޭޝަން ކުޅެން ޖެހުނީމަ. އެކަމަކު ވިކްޓަރީ އެކަމާ ހިތާމައެއްނުކުރަން. ވިކްޓަރީ ގަބޫލުކުރަނީ މިއީ ކުލަބަށް ރަނގަޅަކަށްވީ ކަމެއް ކަމަށް،،" ވިކްޓަރީގެ ކުރީގެ ކެޕްޓަން ވިދާޅުވި އެވެ.
ޒަރިޔަންދު ވިދާޅުވީ ވިކްޓަރީ މީގެ ކުރިން ވެސް (1995 ވަނަ އަހަރު) ރެލިގޭޝަން ކުޅުނު ކަމަށާއި އެހިސާބުން ފެށިގެން ޓީމަށް އާރޯކަން ލިބިގެންދިޔަ ކަމަށެވެ.
"ތެލި ސާފުކޮށް މުޅިން ދޮވެލާފަ ދެން ރިހަ ކައްކާއިރު ވަރަށް މީރުވާނެ. ވިކްޓަރީ މީގެ ކުރިން ހިންގީ އަބުޖީ. އަމިއްލަ އެއްޗެއްގެ ގޮތުގަ. އޭގެ ފަހުން މާއްޓޭ. ދެން ދުވަސްކޮޅަކު ސުޒޭން. އެކަމަކު އަސްލު ކުލަބުން ބޭނުންވާގޮތަށް ވިކްޓަރީގެ ބޯޑަށް ބާރުލިބުނީ (ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު) އީވާ (އަބުދުﷲ) ޗެއާމަނަކަށް އައިހިސާބުން. އޭގެ ފަހުން ބޯޑުން ނިންމަކީ ކޯޗަކަށް ހުންނާނެ މީހަކާއި ތިބޭނެ ކުޅުންތެރިންނާއި މުސާރަތައް ވެސް. ދެން މިހާރު (ޑރ. އަހުމަދު) ނާޝިދު ރާއްޖެ އައިސް މިހިންގަނީ. އެހެންވީމަ މިއީ ވިކްޓަރީ ބަދަލުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް. 95 ވަނަ އަހަރު ރެލިގޭޝަން ކުޅެފަ ދެން ވިކްޓަރީ ރަނގަޅުވާން ފެށީ. އޭގެ ފަހުން މިވީ އަހަރުތަކުގައި އެންމެ ކާމިޔާބު ޓީމަކަށް އޮންނާނީ ވިކްޓަރީ،" ޒަރިޔަންދު ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ ވިކްޓަރީގެ ބޭނުމަކީ މުސާރައިގެ ރަނގަޅު އޮނިގަނޑަކާއެކު ދެމެހެއްޓެނިވި ސިޔާސަތެއްގެ ދަށުން ޓީމު ހިންގުން ކަމަށާއި ރެލިގޭޝަނުން ވިކްޓަރީ ސަލާމަތްވާނެ ކަމަށެވެ.
ރެލިގޭޝަނުގެ ފުރަތަމަ މެޗުގައި ވިކްޓަރީ މާދަމާ ނުކުންނާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން މެކާނޯއާ ދެކޮޅަށެވެ.
ތެޔޮ ހުސްވެގެން ހެނބަދޫން ކަރަންޓް ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ