ގިނަ ލައިކް ހޯދާ ފަރާތަކަށް 7000ރ. ދޭ ޕްރޮމޯޝަނެއް ފަށައިފި

ކުޅޭ ސާމާނު ވިއްކާ ފިހާރަ "ޓޯއީސް ވޯލްޑް" 7000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޓޯއިސް ވޯލްޑް މި ޕްރޮމޯޝަންގައި ޖެހޭނީ އެ ފިހާރައިން ގަންނަ އެއްޗާއި ފައިސާ ދެއްކި ގަނޑުކޮޅުގެ ފޮޓޯއެއް ނަގައި ފޭސް ބުކްގައިވާ ޓޯއީސް ވޯލްޑް ޕޭޖްގައި ފައިސާ ދެއްކި ގަނޑުކޮޅުގެ ރިސިޕްޓް ނަންބަރު ޖެހުމަށްފަހު ފޮޓޯ ޝާއިއު ކުރާ ށެވެ. އެ ފޮޓޯ ޝާއިއު ކުރުމުން އެންމެ ގިނަ ލައިކްސް ލިބޭ ފަރާތަކަށް 7000ރ. ދޭގޮތަށެވެ.
މާލޭގައި ހުންނަ ޓޯއީސް ވޯލްޑްގެ މި ޕްރޮމޯޝަން ފެށީ މިދިއަ މަހުގެ 17 އިގަ އެވެ. އަންނަ މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިޔަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ