ކަރަންޓު ސޯޓެއް ވެގެން ގެއަކު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކަރަންޓު ސޯޓެއް ވެގެން މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި ތަކެއްޗައް ގެއްލުން ވެއްޖެ އެވެ.
މިއަދު ހެނދުު ގ. ލައިޓްގްރީން ގޭގައި އަލިފާން ރޯވެ އަންދައިފައިވަނީ އެގޭގެ ފުރަތަމަ ފަންގިފިލާގައި ހަދާފައި ހުރި އޮފީހެއްގަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާގައި އޮފީހުގެ ބައެއް ތަކެއްކަށް ވަނީ ގެއްލުން ލިބިފަ ކަމަށެވެ.
މި ހާދިސާ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.
މިމަހު ކުރީކޮޅު ހ. ކިނާރާގޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެފަހަރު ވެސް ރޯވެފައި ވަނީ ކަރަންޓް ސޯޓެއް ވެގެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ