މުއާސަލާތީ ދާއިރާގެ ޖީއެސްޓީއާ އެކު ޝަކުވާތައް އޮހެނީ

މިރޭ 12 ޖެހުމާއެކު ރާއްޖޭގައި ފުރަަތަމަ ފަހަރަށް މުއާސަލާތީ ހިދުމަތްތަކުގެ އަގުން ޖީއެސްޓީ ނަގަން ފަށާނެ އެވެ. މި ޓެކުހާ އެކު މި ދާއިރާއިން އަންނަ ކޮންމެ ބިލަކަށް ހަ ޕަސެންޓުގެ ޖީއެސްޓީއެއް ދައްކަން ޖެހޭނެ އެވެ. މި ޓެކްސް ނަގަން މި ފަށަނީ އެއާ މެދު އާންމުން ވަރަށް ބޮޑަށް ޝަކުވާކުރަމުން ދަނިކޮށެވެ. މީހަކާ ފޯނުން ވާހަކަ ދައްކާލިޔަސް ދައުލަތަށް ފައިސާ ދައްކަންޖެހޭ ހިސާބަށް ދިިޔައީ ކަމަށާއި މިއީ ގިނަ ބަޔަކު މުއާސަލާތީ ހިދުމަތާ މެދު ޝަކުވާކުރަމުން ދަނިކޮށް އެ ޝަކުވާ ބޮޑުވާނެ ކަމެއްގެ ގޮތުގައި ދެކޭ މީހުން ގިނަ އެވެ. "ޖީއެސްޓީ ނެގިއަސް މައްސަލައެއް ނެތް. އެކަމަކު ސުވާލަކީ މި ޓެކްސް ނަގައިގެން ކުރަނީ ކީއްތޯ؟ މި ޓެކްސް ބޭނުންކޮށްގެން ހިދުމަތް ރަނގަޅު ކުރެވެން ޖެހޭ. މިހާރު ވެސް އަޅުގަނޑުމެންގެ ކްލިނިކަށް އެކަނިވެސް އާސަންދައިގެ ގިނަ ބިލް ތަކެއް ނުދައްކާ އެބަހުރި،"€ މާސްޓަ ޑެންޓަލް ކްލިނިކް ހިންގާ އަބްދުﷲ ސަލީމް ވިދާޅުވި އެވެ. ރާއްޖޭގެ އެއާލައިނެއްގައި މަސައްކަތްކުރާ ޒުވާނަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުނީ ޖީއެސްޓީ ނަގާއިރު، ހިދުމަތުގެ ފެންވަރު ދަށްވުމަކީ މައްސަލައެއް ކަމަށެވެ. "އަހަންނަށް މައްސަލައެއް ނޫން ޖީއެސްޓީ ނެގުމަކީ. އެއީ 1،000ރ ގެ ފޯނު ބިލެއް އަންނަ މީހެއްގެ ބިލަށް އިތުރަށް މި އަރަނީ 60ރ. ވަރަކަށް ރުފިޔާ. އެކަމަކު މީގެ މައްސަލައަކީ ހިދުމަތް ނުދެވުން. މިސާލަކަށް ފޯނުގެ ހިދުމަތް ހުޅުމާލެ އިން މާލެ އަންނައިރު ނުލިބޭ ހިސާބު އެބަހުރި. ދެން އޮތީ އިންޓަނެޓު ހިދުމަތް. މި ހިދުމަތުގެ ފެންވަރު ވެސް އެހާ ދަށް. މިކަންކަން ރަނގަޅު ކުރަން ޖެހޭ. ހިދުމަތް ރަނގަޅު ކުރަން ޖެހޭ،"€ އޭނަ ބުންޏެވެ. ޓްރެވަލް އެޖެންސީއެއް ހިންގާ މީހަކު ބުނީ މުއާސަލާތީ ދާއިރާ އިން ޓެކްސް ނެގުމަށް އޭނާ އެހާ ބޮޑަށް ތާއީދު ނުކުރާ ކަމަށެވެ. "€œމިއީ ރައްޔިތުން އަތުން ނެގޭ ލާރި. މިހާރު ފޯނަކީ ވެސް ބޭސިކް ނީޑެއް. އިތުރު އެއްޗެއް ނެގުމަކީ މިއީ ވިސްނަން ޖެހޭ ކަމެއް. ދެން އޮތީ ހިދުމަތް. މި ޓެކްސް ނަގައިގެން ހިދުމަތުގެ ފެންވަރު ރަނގަޅު ވާތަނެއް ނުފެނޭ. މިއީ މައްސަލައަކީ. މީގެން ބެނެފިޓެއް ނުފެނޭ"-- ސަރުކާރުން އަންދާޒާ ކޮށްފައިވާ ގޮތުގައި މުއާސަލާތީ ދާއިރާގެ، ޖީއެސްޓީ ނަގައިގެން ދައުލަތައް އާމްދަނީގެ ގޮތުގައި އަހަރަކު 110 މިލިއަން ރުފިޔާ ލިބޭނެ އެވެ. މުއާސަލާތީ ދާއިރާ އިން ޖީއެސްޓީ ނަގަން ގެށުމާ ގުޅިގެން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ޓޫރިޒަމް ދާއިރާގެ މުދާ ނުވަތަ ހިދުމަތް ފޯރުވައިދޭ ތަނެއް ނަމަ، އެ ތަނަކުން ފޯރުވައިދޭ މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނަގަންޖެހޭނީ އަށް ޕަސެންޓުގައި ކަމަށެވެ. އަދި އެނޫން އެހެން ތަންތަނުން ޖީއެސްޓީ ނަގަންވާނީ ހަ ޕަސެންޓުގައި ކަމަށާއި މިގޮތުން ޖީއެސްޓީ ނެގޭނެ މުއާސަލާތީ ހިދުމަތްތަކުގެ ތެރޭގައި ފޯން ކާޑާއި އިންޓަނެޓްގެ ހިދުމަތް އަދި ޕޯސްޓް ޕެއިޑް އަދި އެސްއެމްއެސް ޕެކޭޖްގެ އިތުރުން ވެލިއު އެޑެޑް ހިދުމަތްތައް ހިމެނޭ ކަމަށް ބުންޏެވެ. އަދި މި ޓެކްސް ނަގާނީ ހިދުމަތް ބޭނުންކުރާ ކޮންމެ ފަހަރަކު ނޫން ކަމަށާއި ޖީއެސްޓީ ދައްކަން ޖެހޭނީ ފައިސާ ދައްކާ ވަގުތު ކަމަށް މީރާ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ