ބައްޕައާ ޖެހުނު މައްސަލަ ކޯޓުން ބޭރުގައި އޮޒިލް ހައްލުކޮށްފި
ބާލިން (ނޮވެމްބަރު 12) - އާސެނަލް އަށް ކުޅޭ ޖަރުމަންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މެސުތު އޮޒިލްއާ ދެކޮޅަށް އޭނާ ބައްޕަ ކޯޓަށް ހުށަހެޅި މައްސަލަ، ކޯޓުން ބޭރުން އޮޒިލް ހައްލުކޮށްފި އެވެ. އޮޒިލްގެ މާކެޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަމުން އޮޒިލްގެ ބައްޕަ މުސްތަފާ އޮޒިލް މިދިޔަ އަހަރު ވަކިކުރުމުން، ގެއްލުމުގެ ބަދަލު ހޯދުމަށް އޮޒިލްގެ ބައްޕަ ވަނީ ޖަރުމަންގެ ޑުސަޑޯފްގެ ޑިސްޓްރިކްޓް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މުސްތަފާ ހުށަހަޅާފައިވަނީ އޭނާ އެ ކުންފުނިން ވަކިކުރުމުގެ ގެއްލުމުގެ ބަދަލުގައި 782،724 ޑޮލަރު ހޯދުމަށެވެ. އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން އޮޒިލްގެ މާކެޓިން ކުންފުނިން ވަނީ އޮޒިލްގެ ބައްޕަ އެ ކުންފުނިން ނަގާފައިވާ އެއް މިލިއަން ޑޮލަރު ލޯނު އަނބުރާ ދެއްކުމަށާއި، މުސްތަފާ ގެންގުޅޭ އެ ކުންފުނީގެ ކާރު އަނބުރާ ދިނުމަށް އެދިފަ އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު 50 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގައި އޮޒިލް އާސެނަލަށް ބަދަލުވިއިރު، އެ ޓްރާންސްފާގެ ކަންތައްތައް ބެލެހެއްޓީ އޮޒިލްގެ ބައްޕަ އެވެ. އެކަމަކު މިހާރު އޮޒިލްގެ ކަންތައްތައް ބަލަހައްޓަމުންދަނީ އޭނާގެ ބޭބެ މުޓްލޫ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ