މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 103.1 މިލިއަން ރުފިޔާ ލިބިއްޖެ
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 103.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. ސަރުކާރާއި ރައްޔިތުން އަދި ކޭބަލް އެންޑް ވަޔަލެސް ހިއްސާވާ މުއާސަލާތީ ކުންފުނިން ނެރުނު މި އަހަރުގެ ދެވަނަ ތިން މަސްދުވަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް 484.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 508.7 މިލިއަން ރުފިޔާ އެވެ. ދިރާގުގެ މާލީ ބަޔާން ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައި ވަނީ 1.36ރ. އެވެ. ނަމަވެސް އޭގެ ކުރީ ކުއާޓަރުގައި 2.26ރ. ހިއްސާއަކަށް ޖެހިފައިވެ އެވެ. އެ ކުންފުނިން ނެރުނު މިދިޔަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ލިބިފައި ވަނީ 121.3 މިލިއަން ރުފިޔާ އެވެ. މުއާސަލާތީ އެންމެ ބޮޑު ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 170.9 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ