ކްރިމިނަލް ކޯޓުގެ ގާޒީ ބާރީ ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަބުދުލްބާރީ ޔޫސުފް ސަސްޕެންޑްކޮށްފިއެވެ.
ބާރީ ސަސްޕެންޑް ކުރިކަން ޖޭއެސްސީން ވެސް ކަށަވަރުކޮށްދެއެވެ. ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޖެއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބާރީ ގާޒީއާއި ގުޅިގެން އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިއަދުން ފެށިގެން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރީ ގާޒީ ސަސްޕެންޑްކޮށްފައިވަނީ ޕީޖީ އޮފީހުގެ އަންހެން ވަކީލަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ