އިޒްރާއީލްގެ ހަމަލާއެއްގައި ފަލަސްތީނު ދެ މީހަކު ޝަހީދު ކޮށްލައިފި

ގައްޒާއާއި އިޒްރާއީލް ބޯޑަރު ސަރަހައްދަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދު ކޮށްލައި އިތުރު ބަޔަކު ޒަހަމް ކޮށްލައިފި އެވެ.
އިޒްރާއީލުން ބުނެފައިވަނީ އިރްރާއީލުން ހަމަލަދީފައިވަނީ ރޮކެޓް ހަމަލާއެއް އިޒްރާއީލަށް ދޭން ތައްޔާރުވަމުން ދިޔަ ބަޔަކަށް ކަމަށާއި އެ ފަދަ ހަމަލަތައް ދެމުންގެންދަނީ އިޒްރާއީލަށް ދެމުންގެންދާ އެ ފަދަ ހަމަލަތައް ހުއްޓުވުމުގެ ބޭނުމުގައިކަމަށެވެ.
ނަމަވެސް ފަލަސްތީނުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުގައި ހަމަލާގައި ގެއްލުން ވެފައިވަނީ ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ކުޑަކުދިންނަަށެވެ.
"މިއަދުގެ ހަމަލާގައި މަދުވެގެން 21 މީހުން ވަނީ ޒަހަމްވެފައި. މީގެ ތެރޭގައި ދެ އަންހެނުންނާއި ހަތަރު ކުޑަކުދިންވެސް ހިމެނޭ،" ފަލަސްތީނުގެ އޮފިޝަލަކު މީޑިއާއަށް ވިދާޅުވި އެވެ.
ނަން ހާމަ ކޮށްފައި ނުވާ މި އޮފިޝަލް އިތުރަށް ވިދާޅުވީ މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު މައްޗަށް ދިއުން އެކަށީގެންވާކަމަށެވެ.
ފަހަކަށް އައިސް ހަމާސްއިން އަންނަނީ އިޒްރޭލަށް ރޮކެޓް ހަމަލާތައް ދިނުން އިތުރު ކުރަމުންނެވެ. ނަމަވެސް މިފަދަ ހަމަލާއެއްގައި އިޒްރޭލުގެ މީހަކު މަރުވެފައިވަނީ ވަރަށްވެސް މަދު ފަހަރެއްގައި ކަމަށް މީޑިޔާތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ