މާހިރުބެ އިތުރު 10 ދުވަހު ޖަލުގައި ބަންދުކުރުމަށް ޖިނައީ ކޯޓުން އަމުރުކޮށްފި

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މާހިރު އީސާ (މާހިރުބެ) އިތުރު 10 ދުވަހު ޖަލުގައި ބަންދުކުރުމަށް ޖިނައީ ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުންނަށް އަނިޔާކުރުމަށް ގޮވާލުމުގެ ތުހުމަތުގައި މިދިޔަ މަހު 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ މާހިރުބެ ބަންދުގައި ބެހެއްޓުމަށް ޖިނާއީ ކޯޓުން ފުރަތަމަ ހުއްދަދިން 10 ދުވަހުގެ މުއްދަތު ހަމަނުވުމުން ބަންދުގެ މުއްދަތާމެދު ގޮތެއް ކަނޑައެޅުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ޖިނާއީ ކޯޓުގެ ގާޒީ ވަނީ އަނެއްކާވެސް އިތުރު 10 ދުވަހު ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މާހިރުބެ ގެ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ ފުލުހުން ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށްއިތުރު މުއްދަތު ބޭނުންވާކަމަށާއި ބަންދުގައި ބަހައްޓައި ނޫންގޮތަކަށް މައްސަލަ ތަހުގީގުކުރުމަށް ހުރަސް އެޅޭނެކަމަށެވެ.
ވެރިކަން ބަދަލުވި ދުވަހު ފުލުހުންގެ މައިމަރުކަޒު ކައިރިން ގިނަ އަދަދެއްގެ ފުލުހުންގެ ކުރިމަތީގައި ވަނީ، މާހިރުގެ ބުރަކަށީގައި ކޮޅުފައިން ޖަހާ ބިން މައްޗަށް ވައްޓާލާފައެވެ. ފުލުހުންގެ ހާޒިރުގައި މާހިރު ބެއަށް ދިން ހަމަލައަށް ފަސް މަސް ވެގެންދިޔައިރުވެސް އެ މައްސަލަ ތަހުގީގުކުރަން ފަށާފައިނުވާކަމަށް އެމްޑީޕީން ބުނެއެވެ.
މާހިރުބެ ހައްޔަރުކުރުމާގުޅިގެން އެމްޑީޕީން ވަނީ މާހިރުބެއަށް ހަމަލަދިން މައްސަލަ ތަހުގީގުކުރުމަށް އަމުރުކޮށްދިނުމަށް ޕީޖީއަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ