އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުގައި މިއަދު ނެގިވޯޓްގައި ޑީއާރުޕީގެ ތްރީލައިން ވިޕާއި ދެކޮޅަށް ދެއްވި މެމްބަރުންނަކީ އަސްލު ޑީއާރުޕީގެ މެމްބަރުންކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވިދާޅުވެއްޖެއެވެ.
ދިޓީވީގައި މިރޭ ވާހަކަ ދައްކަވަމުން އަލީ ސަލީމް ވިދާޅުވީ ޑީއާރުޕީން މިއަދު ކަންކުރީ ރަނގަޅަށް ނޫންކަމުގައެވެ. އަދި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި އެހެން ގޮތަކަށް ފާސްކުރެވޭތޯ ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ވޯޓް ސިއްރުކުރުމަށް ވޯޓް ދިނުމަށް ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރުނީކަމަށްވެސް އަލީ ސަލީމް ވިދާޅުވިއެވެ.
"...އުސޫލުތަކެއް، ހަމަތަކެއް ނެތި އެކި ފަހަރު އެކި ގޮތަށް މަސައްކަތްކުރާ ބައެއް ނޫނޭ. މިހެން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑާ އެކުގައި މިއަދު ޕީޖީ ގުރޫޕުގައި ވޯޓު ދެއްވި މެމްބަރުންނަކީ އަސްލު ޑީއާރުޕީ ބޭފުޅުންނޭ" އަލީ ސަލީމް ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ފިޔަ ކޮށާލަން ޖާގަ ނުދޭނެކަމަށާއި އެމްޑީޕީން ސަރުކާރާއި ދެކޮޅަށްކުރާ މަސައްކަތެއްގައި ޑީއާރުޕީން ބައިވެރިވެގެން ނުވާނެކަމަށްވެސް އަލީ ސަލީމް ވިދާޅުވިއެވެ.
ޑީއާރުޕީގެ ވިޕް މުގުރާލީ އަސްލު ޑީއާރުޕީން: އަލީ ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ