ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބައިނަލް އަޤްވާމީ އެހީ މިހާރުން މިހާރަށް ބޭނުންކަމަށް ވިދާޅުވެ ބައިނަލް އަޤްވާމީ އެހީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމް ބައިނަލް އަޤްވާމީ އެހީއަށް ގޮވާލެއްވީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވިޓެއްގައެވެ.With tha legislative and judicial powers paralysed by the executive, widespread corruption at large and rule of law non existent in the country, Maldives needs immediate help from the international community to uphold it's citizens basic rights.— Qasim Ibrahim (@qasimibrahim) February 9, 2018ގާސިމް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހާއި ޝަރުއީ ދާއިރާ ސަރުކާރުން ޕެރެލައިޒް ކޮށްލާފައިވާ ކަމުގައެވެ. އަދި ޤައުމުގައި ގާނޫނީ ހުކޫމަތު ނުހިނގާއިރު މުޅިޤައުމަށްފަނީ ކޮރަޕްޝަން ފެތުރިފައިކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ މައްސަލަ ހައްލުކޮށް ހައްޤުތައް އަނބުރާ ހޯދުމަށް ބައިނަލް އަޤްވާމީ އެހީ ވަގުތުން ބޭނުންވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.Hence, I call upon the international community to take imminent measures to restore rule of law and to help us move out from this crisis in a manner which does not jeopardize our sovereignty and independence.— Qasim Ibrahim (@qasimibrahim) February 9, 2018މީގެ އިތުރުން ރާއްޖޭގެ ޤާނޫނީ ހުކޫމަތު އިޔާދަކުރުމަށް ބައިނަލް އަޤްވާމީ މުޖްތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ގާސިމް ގޮވާލެއްވިއެވެ.
ގާސިމް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ނުގެއްލޭގޮތަށް ރާއްޖެ މިހާލަތުން އަރައިގަތުމަށް ބައިނަލް އަޤްވާމީ ދުނިޔެއިން ފިޔަވަޅުއަޅަން ޖެހޭ ކަމުގައެވެ.
ބައިނަލް އަޤްވާމީ އެހީއަށް ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ