ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އޭނާގެ ރިސޯޓުތަކުގެ ދިފާއުގައި އދ.މާމިގިލީގައި މުޒާހަރާ އެއް ކުރިއަށް ގެންގޮސްފިއެވެ.
މާމިގިލީގައި އެ ރަށުގެ ގިނަ ރައްޔިތުން ނިކުމެ ކުރިއަށް ގެންގޮސްފައިވާ އެ މުޒާހަރާގައި ވަނީ ގާސިމް މިނިވަން ކުރުމަށާއި އަދި ގާސިމަށް ކުރަމުންދާ ދުއްތުރާތައް ހުއްޓާލުމަށް ގޮވާލާފައެވެ.
ޖުމްހޫރީ ޕާޓީގެ ބޮޑު ތާއީދެއް އޮންނަ އދ މާމިނގިލި އަކީ ގާސިމްގެ އުފަންރަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަމުން ގެންދެވީވެސް އެދާއިރާއެވެ.
މިއަދު ހަވީރު މާމިގިލީގައި މުޒާހަރާ ކުރަމުން ދިޔަ ވަގުތުގައިވެސް ގާސިމްގެ ފަން އައިލެންޑުގައި ކަސްޓަމްސްއާއި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާ އެކު ކަސްޓަމްސްއިން ގާސިމްގެ ރިސޯޓުތަކަށް އަރައި ހަރަކާތްތެރިވަމުން ދަނީ ގަވާއިދާ ހިލާފަށް އެހެން ރަށަކަށް ދޫކޮށްފައިވާ ބަނގުރާ އެ ރިސޯޓޫތަކުގައި ބޭނުން ކުރަމުންދާ ކަމަށް ބުނެއެވެ.
ގާސިމް އިބްރާހީމާއި އޭނާގެ ރިސޯޓްތަކުގެ ދިފާއުގައި މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ