އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ހުރިހާ ދައުވާއެއް މެދުކަނޑާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ބޭރުން ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދައުލަތުން އުފުލާފައިވާ ފަސް ދައުވާގެ އަޑުއެހުންތައް ވެސް މެދު ކަނޑާލައިފިއެވެ.
ހުޅުމާލެ ކޯޓުން މިގޮތަށް ނިންމީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރާއި ގުޅިގެންނެވެ.
ހައިކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި މެދު އެކޯޓުން ވަކި ގޮތެއް ނުނިންމަނީސް ހުޅުމާލޭ ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.
މި މައްސަލައިގައި ނަޝީދާ އެކު ދައުވާކުރަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އެމީހުންގެ ޝަރީއަތް ވަކިވަކިން ކުރިއަށްގެންދާއިރު މި އެންމެންގެ މައްޗަށްވެސް ކުރަނީ ކުށެއް ނުކުރާ މީހަކު ހައްޔަރުކުރިކަމުގެ ދައުވާ އެވެ.
ފަސްދައުވާގެ އަޑުއެހުންތައް ވެސް މެދުކަނޑާލާފައިވާ ފަސް ދައުވާގެ އަޑުއެހުންތައް ވެސްވަނީ މިހަފުތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައެވެ. އެގޮތުން ނަޝީދުގެ ޝަރީއަތް ބާއްވަން އޮތީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ