އުއްތަމަ ފަނޑިޔާރު ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށާއި އެ ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިރޭ ނެގި ވޯޓުގައި އެ ބޭފުޅުންނާ އެއްކޮޅަށް ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އެދިވަޑައިގަތުމުން، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން އެ ހުށަހެޅުއްވުމާ ދެކޮޅު ހައްދަވައިފި އެވެ.
މިހާރު ޖަރުމަނުގައި ހުންނެވި ގާސިމް، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނަށް ފޮނުއްވި އެސްއެމްއެސްއެއް ގައި ވިދާޅުވީ، މިރޭގެ ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަން ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރުންގެ ހައްގުގައި ވެސް ކޮންމެހެން ބޭނުން ކަމެއް ކަމަށް ގާސިމްގެ މެސެޖުގައި ވެ އެވެ.
ނަމަވެސް، އޭނާގެ އެދިވަޑައިގަތުމާ ގުޅިގެން، މިރޭ 8:00 ގައި ބޭއްވި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ކުއްލި ބައްދަލުވުމުގައި މެމްބަރުން އެއްބަސްވީ، އެއީ މި ހާލަތުގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތު އިދިކޮޅުން މި ހުރިހާ ދުވަހު ގަބޫލު ނުކުރާއިރު، މަޖިލީހަށް މިރޭ ވަޑައިގެން ފަނޑިޔާރުންނާ އެއްކޮޅަށް ވޯޓު ދެއްވުމަކީ ރިޔާސަތު ގަބޫލު ކުރުން ކަމަށް ބެލެވިދާނެތީ އެވެ.
ތަފުސީލް އަންނަނީ...
ފަނޑިޔާރުންނަށް ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގަތުމުން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ