ބަލީގެ އަލާމާތް ހުރެގެން ޓެސްޓްކޮށް ޕޮޒިޓިވް ވާ މީހުންނާއި ރެންޑަމްކޮށް މަގުމަތިން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ބަލީގެ އަލާމްތައް ހުރެގެން ޓެސްޓްކޮށް، ޕޮޒިޓިވް ވާ މީހުންގެ އަދަދު އަދިވެސް އުޅެނީ ވަރަށް މަތީގައި ކަމަށާއި ނަމަވެސް މިދިޔަ މަހާ އަޅައި ބަލާއިރު، އެ އަދަދު ތަންކޮޅެއް ދަށްވެފައިވާ ކަމަށެވެ.
ޝަހީދު ވިދާޅުވީ މިހާރުވެސް ކޭސްތަކުގެ އަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި ހާއްސަކޮށް، ރެންޑަމްކޮށް މަގުމަތިން ނަގާ ސާމްޕަލްތަކާއި ރަށްރަށަށްދާން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވް ވާ މީހުންގެ އަދަދު އަނެއްކާވެސް ހުރީ މަތީގައި ކަމަށެވެ.
"ފާއިތުވި ހަފުތާގައި އެކްޓިވް ސަވޭލެންސް ޕޮޒިޓިވިޓީ ރޭޓް އަނެއްކާވެސް މިވަނީ މައްޗަށް ގޮސްފަ. އެހެންވީމަ ބައެއް އިންޑިކޭޓާސްތަކުގައި އެބަހުރި އިމްޕްރޫވްމެންޓް. އެކަމަކުވެސް ފުލޫ ޕޮޒިޓިވިޓީ ރޭޓާއި އެކްޓިވް ސަވޭލެންސް ރޭޓް އަދިވެސް ކަންބޮޑުވާން ޖެހޭ މިންގަނޑެއްގައި ހުރި ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ،" ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ފުރަބަންދަކަށް ނުގޮސް، ފިޔަވަޅުތަކާއެކު ބަލި ކޮންޓްރޯލް ކުރެވޭތޯ ކަމަށާއި އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު އިތުރަށް ގޯސްވިޔަ ނުދީ، އެއް ވަރެއްގައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ޓެކްނިކަލް ޓީމުން ނިންމާފައިވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދިއުމަށް ކަަމަށްވެސް ވިދާޅުވިއެވެ.
މަގުމަތިން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ ކަންބޮޑުވާ މިންވަރެއްގައި: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ