ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ޕީޕީއެމްއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު، ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ.
އަބްދުﷲ ޔާމީން ރަޝީދު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ، އެމްޑީޕީގެ ޓިކެޓުގައެވެ.
މިހާރު ކުރިޔަށްދާ ޕީޕީއެމްގެ ޖަލްސާގައި، ޔާމީން ވަނީ ޕީޕީއެމްއަށް ސޮއި ކުރެއްވި ފޯމު ޕީޕީއެމްގެ ރައީސް މައުމޫން އަބްުދުލްޤައްޔޫމާ ހަވާލު ކުރައްވާފައެވެ.
މި ޖަލްސާގައި، ޔާމިން ރަޝީދު ވިދާޅުވީ، ޑިމޮކްރަސީގެ ވާހަކަ ދައްކާ އިރު، ހުރިހާ އުސޫލަކުން ޑިމޮކްރަސީ  ފެނި އިހްސާސްވާންޖެހޭ ކަމަށެވެ.
ނަމަވެސް، އެމްޑީޕީއަށް ނިސްބަތްކުރައްވައި، ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ވިދާޅުވީ "އެ އޮޑީގައި ޑިމޮކްރަސީގެ ކަންފުޅެއް ވެސް ނެތް" ކަމަށާއި، "އެ އޮޑިން ފެންނަނީ ޚުދުމުޚްތާރު ސިފަތަކެއް" ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އެމްޑީޕީގެ އޮޑި ފުރިއްޖެ ކަމަށާއި، "އެ އޮޑީގައި ޒުވާނުން ފައިގައި އަޅުވާލައި ވައްޓާލަމުން"ދާ ކަމަށެވެ.
"އަދިވެސް އެ އޮޑި ފިތޭ ވަރަކަށް އަންނަން ހުރި [މީހުން] ވާނީ ގިނަ،" ޔާމީން ވިދާޅުވިއެވެ.
ޔާމީންއާ އެކު، ވެލިދޫ ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، މާލޭގެ، ބައެއް ޒުވާނުން ވަނީ ޕީޕީއެމްއަށް ސޮއި ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ