ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމު ވެސް ޑިއާރުޕީން ވަކިވެވަޑައިގެންފިއެވެ. ސީއެންއެމަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ޔޫސުފު ނައީމު އެޕާޓިން ވަކިވެވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. އޭނާ ވެސްވަނީ އެކަން ސީއެންއެމަށް ކަށަވަރުކޮށްދެއްވާފައެވެ. 
އެނގިފައިވާ ގޮތުގައި ޔޫސުފު ނައީމު ޑީއާރުޕީން ވަކިވެވަޑައިގެންނެވީ އެޕާޓިގެ ލީޑަރު ތަސްމީނު އަލީ ރައީސް ވަހީދުގެ ރަނިންމޭޓުކަން ގަބޫލު ކުރެއްވުމުންނެވެ. 
ޔޫސުފު ނައީމު ޑީއާރުޕީން ވަކިވެވަޑައިގެންނެވި އިރު އިއްޔެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު ވެސްވަނީ އެޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
    
    ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމު ވެސް ޑީއާރުޕީން ވަކިވެވަޑައިގެންފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            