ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން ގއ. ގެމަނަފުއްޓަށް ކަރަންޓް ކެނިޑިފައި އޮތުމަށްފަހު އަލުން އެރަށަށް ކަރަންޓްދީފި އެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ އެ ރަށުން އިއްޔެ ހަވީރު 4:30 ހުން ފެށިގެން ކަރަންޓް ކެނޑިަފއި އޮތުމަށްފަހު މުޅި ރަަށަށް ކަރަންޓު ލިބުނީ ރޭ 12:15 ހާއިރު ކަަމަށެވެ. ކަރަންޓު ކެނޑުމާ ގުޅިިގެން އެރަށު ރައްޔިތުން ރޭވަނީ އިންޖީނުގޭ ކައިރިގައި މުޒާހަރާ ވެސް ކޮށްފަ އެވެ. ޝިޔާން ވިދާޅުވީ ރަށަށް ކަރަންޓް ލިބުން އަވަސްވީ މުޒާހަރާކުރުމުން ކަމަށެވެ.
"ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކެނޑުމުން އިންޖީނުގެއިން ހެދި ގޮތަކީ ބައެއް ހިސާބުތަކަށް 30 މިނެޓަށް ކަރަންޓް ދީފަ އަނެއް ބައި ހިސާބުތަކަށް 10 މިނެޓް ކަރަންޓްދިފަ ކަނޑާލަނީ. އެކަމާ ރުޅި އައިސްގެން ރައްޔިތުން ނިކުމެ މުޒާހަރާކުރީ،" ޝިޔާން ވިދާޅުވި އެވެ.
ޝިޔާން ވިދާޅުވީ ގެމަނަފުއްޓަށް ކަރަންޓް ދިނުމަށް ޖުމްލަ ހަތަރު ޖަނަރޭޓަރު ހުރި ނަމަވެސް މިހާރު ކަރަންޓް ދެމުންދަނީ ދެ ޖަނަރޭޓަރުން ކަމަށާއި އަނެއް ދެ ޖަނަރޭޓަރު ހުންނަނީ ހަލާކުވެފައި ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ ޖެހުނު 144 ކިލޯ ވޯޓުގެ ޖަނަރެޓަރުން ހަލާކުވި ބައި މަރާމާތުކުރުމަށް އެ އަތޮޅު ވިލިނގިއްޔަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަަށަށްކަރަންޓް ދެމުން އަންނަ 200 ކިލޯ ވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ކަރަންޓް ދެމުން އަންނަނީ އެ ޖަނަރޭޓަރުން ކަމަށެެެވެ.
"200 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ނަމަވެސް އެ ޖަނަރެޓަރުން ނެގެނީ 60 ކިލޯ ވޯޓް. އެހެންވީމަ ރައްޔިތުންނަށް އަންގާފަވާނީ އޭސީފަަދަ ތަކެތި ނުޖެއެްސުމަށް،" ޝިޔާން ވިދާޅުވި އެވެ.
ޝިޔާން ވިދާޅުވި ޖަނަރޭޓަރުތަކަސް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިވަގުތު ފެނަކައިގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ގއ. ގެމަނަފުށީގައި 1600 އަށް ވުރެއް ގިނަ މީހުން ދިރިއުޅެއެވެ.
ގެމަނަފުށީގައި ކަރަންޓް ކެނިޑިފައި އޮތުމަށްފަހު ކަރަންޓްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ