ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.
މިއަދު ހެނދު 8:00 ހާއިރު ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނައިރު، ބައެއް ހިސާބުތަކުން މިހާރު ވަނީ އަލުން ކަރަންޓު ދީފަ އެވެ. އެކަމަކު މުޅި މާލެއަށް އަލުން ކަރަންޓު ދެވޭނެ އިރެއް އަދި ނޭނގެ އެވެ.
Major power outage in Male’ due to a technical fault. Our team is working to restore power as soon as possible. Sorry for the inconvenience caused.— STELCO (@STELCOMALDIVES) September 1, 2018
މިދިޔަ ހަފުތާގައި ވެސް މާލޭގެ އެކި ހިސާބުތަކުން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނެވެ.
މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ