ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައިކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައިކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައިފި އެވެ. ސުޕްރީމް ކޯޓުގެ ފަރާތުން އެ ބައްދަލުވުމަށް ވަޑައިގެންނެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ހަ ފަނޑިޔާރަކު އެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އެވެ. އެއީ ފަނޑިޔާރުން ހުސައިން މަޒީދު، އަލީ ސަމީރު، ޝުޖާއު އުސްމާން، މުހައްމަދު ނިޔާޒު އަދި މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ވާހަކަ އަދި ހާމަކޮށްފައި ނުވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ހައިކޯޓު އެންމެ މަތީ ދެ ކޯޓުގެ ފަނޑިޔާރުން މިއަދު ބައްދަލުކުރެއްވި އިރު، މި ފަހުން ހައިކޯޓަށް ވަނީ ދެ ފަނޑިޔާރުން އައްޔަންކޮށްފަ އެވެ. އެއީ ހާތިފް ހިލްމީ އަދި ހުސައިން މަޒީދެވެ. ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ކޯޓު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ރިސެސްއަށް ދާން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ