ސްޓެލްކޯއިން ރާއްޖޭގައި ދެމުން ގެންދާ ކަރަންޓުގެ ހިދުމަތަށް މިހާރުވެސް ސަރުކާރުން ސަބްސިޑީ ދެމުން ގެންދެ އެވެ. ކަރަންޓުގެ އަގު ހެޔޮވެގެން ދަނީ މި ސަބްސިޑީގެ ސަބަބުންނެވެ.
ކަރަންޓު ބިލް ފްލެޓު ރޭޓަށް ބަދަލު ކުރުމުން ބިލު 50 ގުނަ ހެޔޮވެގެންދާނެ ކަމަށާ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ހިތްވަރުގަދަ ނިންމެއްވުމެއް ކަމަށް ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ކަރަންޓުގެ އަގު ފްލެޓް ރޭޓަކަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
މި ނިންމުމާ ބެހޭ ގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ސްޓެލްކޯގެ އެމްޑީ ޝަރީފު ވިދާޅުވީ މި ނިންމުން ތަންފީޒު ކުރަން ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށާ، މި ބަދަލުގެ ސަބަބުން ކަރަންޓު ބިލް 30 ޕަސެންޓާއި 50 ޕަސެންޓުގެ ހެޔޮވުމެއް އަންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ޕޮލިސީ މި ނިންމެވުމުގެ ސަބަބުން އެ ކުންފުންޏަށް އަންނާނެ ބުރަ ބެލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އަންދާޒާ ކުރެވިފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުމެއް ނުވާނެ ކަމަށެވެ.
"ކަރަންޓުގެ ހިދުމަތަކީ ފައިދާގަ ދޭ ހިދުމަތެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯއިން ރާއްޖޭގައި ދެމުން ގެންދާ ކަރަންޓުގެ ހިދުމަތަށް މިހާރުވެސް ސަރުކާރުން ސަބްސިޑީ ދެމުން ގެންދެ އެވެ. ކަރަންޓުގެ އަގު ހެޔޮވެގެން ދަނީ މި ސަބްސިޑީގެ ސަބަބުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިއީ ހިތްވަރުގަދަ ނިންމުމެއް ، ކަރަންޓު ބިލް 50 ގުނަ ހެޔޮވާނެ : ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ