ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ފޯރުކޮށްދެމުންގެންދާ ސީޓް ޓު އެއާ ކާގޯ ޓްރާންޝިޕްމަންޓް ޚިދުމަތުގެ ތެރެއިން 1,000 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފިއެވެ.
ސީޓް ޓު އެއާ ކާގޯ ޚިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އަލަށް ފެށި ޚިދުމަތެކެވެ.
މި އަހަރުގެ މެއިމަހުގެ ތެރޭގައި މި ޚިދުމަތް ފެށިއިރު، މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކޮށްފައި ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓުތައް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
Advertisement
އެމްއޭސީއެލް އިން ބުނީ ކާގޯ ޚިދުމަތަށް ވާޖިން އެޓްލާންޓިކް އިއްޔެ ގުޅިފައިވާ ކަމަށާ އެ ޚިދުމަތުގައި 12 އެއާލައިނަކުން މިހާރު ބައިވެރިވާ ކަމަށެވެ. އަދި، އިތުރު އެއާލަައިންތައް މި ޚިދުމަތާ ގުޅުމަކީ ވީއައިއޭގެ ކާގޯ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.
އެ ގޮތުން މިހާރު އައިއޭފައި ސީޓް-ޓު-އެއާ ޓްރާންސްޝިޕްމަންޓުގެ ޚިދުމަތް ދެމުންގެންދާ އެއާލައިންތަކަކީ:
ޓާކިޝް އެއާލައިންސް
ގަތަރު އެއާވޭސް
އެމިރޭޓްސް އެއާލައިން
އެރޯފްލޮޓް
ނިއޯސް
ގަލްފް އެއާ
ޑިސްކަވާ އެއާލައިންސް
އޮސްޓްރައިން އެއާލައިންސް
ކޮންޑޯ
ބްރިޓިޝް އެއާވޭސް
ވާޖިން އެޓްލާންޓިކް
ސީޓް ޓު އެއާ ކާގޯގެ ޚިދުމަތާއެކު ވީއައިއޭއިން ދެމުންގެންދާ ކާގޯގެ ޚިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ.
އެމްއޭސީއެލް އިން ބުނީ، ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއްކަން ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލަމާތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މި އަހަރު ހުޅުވި ކާގޯ ޓާމިނަލަކީ މި ފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ތަނެކެވެ.
ސީޓު އެއަރ ކާގޯގެ ޚިދުމަތުން 1000 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ